އިންޑިއާގެ އާންމު އިންތިހާބު އަންނަ މަހު 19ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އެގައުމުގެ އިންތިހާބުތަކާބެހޭ އިދާރާއިން ބުނެފިއެވެ.
އިންޑިއާގެ އިންތިހާބުތަކާ ބެހޭ އިދާރާއިން ބުނީ އެ އިންތިހާބުގައި 960 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. މި އިންތިހާބުގައި މިލިއަނެއްހާ ވޯޓިން ސްޓޭޝަން ހުންނާނެ ކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަލުން ބުނެއެވެ.
އިންޑިއާގެ އާންމު އިންތިހާބު ބާއްވައި އެގައުމުގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު ހަތް ބަޔަކަށް ބެހިގެން ދާނެއެވެ. އެގޮތުން އޭޕްރިލް މަހުގެ 19 އިން ޖޫން މަހުގެ ކުރީކޮޅާ ހަމައަށް އިންތިހާބު ކުރިޔަށް ދާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
އިންޑިއާގެ މިފަހަރުގެ އާންމު އިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައިވާ އިރު، އިތުރު ދައުރެއް އެގައުމުގެ ބޮޑުވަޒީރުކަން ކުރެއްވުމަށް ވާދަކުރައްވާ، މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި އިންތިހާބު ހަމަޖެހިލައިގެން ކާމިޔާބު ކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ.
މޯދީގެ ޕާޓީ، ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އާއި ކޯލިޝަން ޕާޓީތަކާ ގުޅިގެން އިންތިހާބަށް ނުކުމެފައިވާ އިރު، ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
މޯދީއާ ދެކޮޅަށް ނުކުންނަ އެގައުމުގެ މައި އިދިކޮޅު ޕާޓީ ކޮންގްރެސް ޕާޓީއާ ގުޅިފައިވާ ކޯލިޝަނުންވެސް ވަނީ އިންތިހާބަށް ތައްޔާރުވެފައެވެ. ނަމަވެސް އެގައުމުގެ ސިޔާސީ މަޝްރަހުގައި ހުރި އުނދަގޫތަކުގެ ސަބަބުން އެކޯލިޝަނަށް އިންތިހާބަށް ދަތިތަކެއް ހުރިކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ