ޗައިނާއިން ދަނީ ސްރީލަންކާގައި މިލިޓަރީ ބޭސްއެއް އެޅުމަށް ތައްޔާރުވަމުން ކަމަށް އެމެރިކާ އިން ބުނެފިއެވެެ.
އެމެރިކާގެ އިންޓެލިޖެންސް ކޮމިއުނިޓީން އާންމު ކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ޗައިނާއިން ދަނީ ސްރީލަންކާގެ އެކި ސަރަހައްދުތައް ބަލައި މިލިޓަރީ ބޭސްއެއް އެޅުމަށް އެންމެ ރަނގަޅު ތަނެއް ހޯދަމުންނެވެ.
ލަންކާގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކެއްގައި ވެސް މިލިޓަރީ ބޭސް އެޅުމާ ގުޅޭ ކަންކަމުގައި ޗައިނާއިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެމެރިކާގެ އިންޓެލިޖެންސްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެމެރިކާއިން ވަނީ ޗައިނާއިން ޖިބޫޓީގައިވެސް މިލިޓަރީ ބޭސްއެއް އެޅުމަށް މަސައްކަތް ފަށާފައިވާކަން ހާމަވެފައިވާ ކަމަށް ބުނެފައެވެ.
އެމެރިކާގެ ރިޕޯޓުގައި ވަނީ، މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ޕާކިސްތާނާއި ލަންކާގެ އިތުރުން ސީޝެލްސްގައި ވެސް ޗައިނާއިންގެ މިލިޓަރީ ބޭސްތައް އެޅުމާ މެދު މަޝްވަރާކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.
ސާޅީށް ސަފްހާގެ އެ ރިޕޯޓުގައި ވަނީ ޗައިނާއިން އަމާޒު ހިފާފައިވާ އެގައުމުން ބޭރުގައި ގާއިމުކުރާ މިލިޓަރީ ޒޯންތައް 2035 ވަނަ އަހަރު އަންނަން ވާއިރަށް އިތުރަށް ވަރުގަދަކޮށް، 2049 ވަނަ އަހަރުގެ ކުރިން ދުނިޔޭގެ މިލިޓަރީ ބާރުވެރިކަން އެންމެ ވަރުގަދަ ގައުމަކަށްވުމަށް މަސައްކަތް ފަށާފައިވާ ކަމަށް ފާހަގަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ