ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން ގޯތީގެ ރަޖިސްޓްރީއާ ހަވާލުނުވެ ތިބި މީހުން ރަޖިސްޓްރީއާ ހަވާލުވުމަށް އިތުރު ފުރުސަތެއް ހައުސިން މިނިސްޓްރީން ހުޅުވާލައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގޯތީގެ ރަޖިސްޓްރީއާ ހަވާލުނުވާ މީހުންނަށް އިތުރު ފުރުސަތެއް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެ ފުރުސަތުގައި ގޯތީގެ ރަޖިސްޓްރީ/ލިޔުމާ ހަވާލުވުމަށް އެޕޮއިންޓްމެންޓަށް އެދެންވާނީ https://hiyaavehi.housing.gov.mv/ ޕޯޓަލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ ކުރިން ވެސް ގޯތީގެ ރަޖިސްޓްރީއާ ހަވާލުވުމަށް އިތުރު ފުރުސަތެއް ދީފައިވާ ކަމަށާއި ނަަމަވެސް ގިނަ ފަރާތްތަކުން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މިހާތަނަށް 8،394 ގޯތީގެ ރަޖިސްޓްރީ ގޯތި ލިބުނު މީހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު