އާސެނަލްގެ އިންގްލެންޑް ޑިފެންޑަރު ބެން ވައިޓް، ކްލަބާއެކު ވެފައިވާ އެއްބަސްވުން ހަތަރު އަހަރަށް އާކޮށްފިއެވެ.
އުމުރުން 26 އަހަރުގެ ވައިޓް، ބްރައިޓަންއިން އާސެނަލަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ. އެއީ 50 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭގެ ފަހުން އާސެނަލަށް ރަނގަޅު ފޯމެއްގައި ވައިޓް ކުޅެމުންދާ އިރު، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ދަނީ ވައިޓް ސެންޓަ ޑިފެންޑަރެއްގެ އިތުރުން ކަނާތް ފަޅީގެ ފަހަތަށްވެސް ކުޅުވަމުންނެވެ.
ވައިޓް އާސެނަލާއެކު ވެފައިވާ އެއްބަސްވުން އަންނަ ސީޒަނުގެ ނިޔަލަށް ހަމާވާން އޮތް އިރު، އެޓީމާއެކު އާ އެއްބަސްވުމުގައި މިއަދު ސޮއިކުރީ ހަތަރު އަހަރަށް އެއްބަސްވުން އިތުރު ކުރުމަށެވެ. ވައިޓް، އާސެނަލާއެކު 97 މިހާތަނަށް ކުޅެފައިވާ އިރު، އިންގްލެންޑް ގައުމީ ޓީމަށްވެސް އޭނާ ވަނީ ހަތަރު މެޗު މިހާތަނަށް ކުޅެފައެވެ.
މިހާތަނަށް މި ސީޒަނުގައިވެސް 27 މެޗު އާސެނަލަށް ކުޅެފައިވާ އިރު، މިވަގުތު އާސެނަލް އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެއީ ލިވަޕޫލަށްވުރެ ފައިދާ ގޯލު އިތުރުވުމުންނެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް