ކުކުޅު ބިސް ގަތުމުގައި ސަމާލުުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ކުކުޅު ބިސް ގެންގުޅުމާއި ވިއްކުމާއި އަދި ރައްކާކުރުމުގައި އަމަލުުކުރާގޮތުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން
- ނަޖިސްހަރުލާފައި ނުވަތަ ބިހުގެ ތޮށިހަޑިވެފައި ހުންނަ ބިސް ނުގަތުން
- ފިނިކޮށް (އައިސްއަލަމާރީގައި) ބަހައްޓާފައި ހުންނަ ބިސްގަތުމަށް އިސްކަން ދިނުން
- ބިހުގެ މުއްދަތު ހަމަވާ ތާރީހު ބެލުން އަދި މުއްދަތު ހަމަވެފައި ހުންނަ ބިސް ބޭނުން ނުކުރުން
- ރެނދުލާފައި ހުންނަ ބިސް ނުގަތުން
- ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބިސް ނުގަތުން
- ބިސް ދޮވެގެން ބޭނުން ނުކުރުން (ބިސް ދޮވުމުގެ ސަބަބުން ބިހުގެ އެތެރޭގައި ޖަރާސީމާއި ކެމިކަލް ވާސިލުވުމަށް މަގުފަހިވޭ)
- އެހެން ކާބޯތަކެތި ތަގައްޔަރު ނުވާނެހެން އައިސްއަލަމާރީގައި ބިސް ރައްކާކުރުން
- ރޯ ނުފިލުވާ ހުންނަ ބިސް ބޭނުންކޮށްގެން ތައްޔާރުކުރާ ކާބޯތަކެތި ބަހައްޓަންޖެހޭ ފިނި ހޫނުމިނުގައި ބެހެެއްޓުން އަދި އެފަދަ ތަކެތި އައިސްއަލަމާރިން ބޭރުގައި ދެ ގަޑިއިރަށްވުރެ ގިނައިރު ނުބެހެއްޓުން
ޚަބަރު
ޚަބަރު
ޚަބަރު