މިދިޔަ 18 ދުވަހުގެ ތެރޭގައި މާލެ ސިޓީ ކައުންސިލުން އެކަނިވެސް މާލެ ތެރެއިން 305 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ރޯދަ މަހަށް ދިމާކޮށް ގެތައް ސާފުކޮށް، ކުނިތައް މަގުމަތީގައި ބެހެއްޓުމުގެ ސަބަބުން މާލޭގެ މަގުތައް ގޮނޑުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ވެމްކޯއަށް ފީއެއް ދައްކައިން އުކާލަންޖެހޭ ޒާތުގެ ބޮޑެތި ކުންފުންޏެވެ. އެ ކުނިތައް ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުގެ އިތުރުން ވެމްކޯއިންވެސް ދަނީ ކުރަމުންނެވެ.
އާޒިމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިއްޔެ އެކަނިވެސް 42.15 ޓަނުގެ ކުނި މާލެއިން ނަގާފައިވާ ކަމަށެވެ. އަދި މިދިޔަ 18 ދުވަހުގެ ތެރޭގައި 305.65 ޓަނުގެ ކުނި ނަގާފައިވާއިރު، އެއީ 25 ފޫޓުގެ 12.22 ކޮންޓޭނަރުގެ ކުނި ކަމަށް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށް އެދިވަޑައިގަންނަވާ ކަމަށާއި ދިރިއުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެކަމުގެ ހިތްފަސޭހަކަން އެންމެންނަށް ލިބޭނެ ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު