މާލެ ސަރަހައްދުގައި ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މީހަކު ވަނީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް މާލެ ސަރަހައްދުން ހިޔާވަހިކަން ލިބޭނެތޯ ރައީސްގެ އަރިހުގައި ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގައި ކުރިއަށް ގެންދަން ނިންމާފައިވާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުން ހުރިހާ ރައްޔިތުންނަށްވެސް ފުރުސަތު ލިބޭނެ ކަމަށެވެ.
ނަމަވެސް މާލޭގައި ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށް ނުދެވި އެތައް އަހަރެއް ވެފައިވާތީ ފުރަތަމަ އަމާޒަކީ މާލޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
"މާލޭގެ ސަރަހައްދުގައި ބިން ހިއްކައިގެން ކުރިއަށް ގެންދާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުން މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށްދިނުމަކީ ފުރަތަމަ އަމާޒު. މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށްދިނުމަށްފަހު މުޅި ރާއްޖޭން މާލޭން ގެދޮރުވެރިކަން ލިބޭނެ،" ރައީސް ވިދާޅުވިއެވެ.
ވެރިކަމުގެ ދައުރު ނިމޭއިރު ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށްދެއްވުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު