އަނިޔާވެރިކޮށް މަރާލި ރ. މީދޫ/ ފެންފިޔާޒުގެ، މުހައްމަދު އަނަސް މަރާލި މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ނިންމި މީހުންގެ ތެރެއިން އެކަކު ޑުރަގާއެކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، އަނަސްގެ މަރުގެ މައްސަލައިގައި ކުށް ސާބިތުނުވި މައްސަލައިގައި ފުލުހުންގެ ކަންބޮޑުވުން އެބައޮތް ކަމަށާއި އެ މައްސަލައިގެ ރިޕޯޓް ލިބުމުން ރިޕޯޓް ދިރާސާކުރުމަށްފަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ ގުޅިގެން ހުކުމް އިސްތިއުނާފުކުރާނެ ކަމަށެވެ.
ނަވީން ވިދާޅުވީ ރޭ ފުލުހުންގެ އޮޕަރޭޝަނެއްގައި ހުއްޓުވައި ބަލައި ފާސްކުރި ލޯންޗަކުން ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެ ލޯންޗުގައި އަނަސްގެ މަރުގެ މައްސަލަައިގައި ދައުވާ އުފުލައި، ސާބިތުނުވި މީހަކު ހިމެނޭ ކަމަށެވެ.
އަނަސްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ،
އަނަސްގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާ އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ. ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލީ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު