މަގު ބޭނުންކުރާ މީހުނަށް ދަތިވާގޮތަށް ޕާކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ގިނަ ދުވަސް ވެފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
މަގު ބޭނުންކުރާ މީހުނަށް ދަތިވާގޮތަށް ޕާކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ ހައި ކޯޓުގެ ކުރީގެ އިސްފަނޑިޔާރު ހާތިފް ހިލްމީގެ ގެކޮޅުގެ އިމުގެ ތެރޭގައި މީހަކު ޕާކް ކުރުމުން އެކަމުގައި އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ބުނެ އޭނާ ކަންބޮޑުވުން ފާޅުކުރުމުންނެވެ.
އެ ކަންބޮޑުވުމާ ގުޅިގެން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ބޭނުންހާ ގޮތަކަށް ޕާކް ކުރާ ނަމަ ފުލުހުންނަށް ފިޔަވަޅު އެޅޭނެ ކަމަށެވެ.
ފުލުހުން ވަނީ، ގަވައިދާ ހިލާފަށް އާއްމުންނަށް ދަތިވާނެ ގޮތަށް ޕާކް ކުރާ އުޅަނދުތައް ޓޯ ކުރާނެ ކަމުގެ އިންޒާރުދީ ބަޔާނެއް ނެރެފައެވެ،
ޚަބަރު
ޚަބަރު
ޚަބަރު