ޕޯޗުގަލް ފުލުހުން ހިންގި ރެއިޑެއްގައި 1.3 ޓަނުގެ ކޮކެއިން އަތުލައިގެންފިއެވެ.

ފުލުހުންނާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، މިދިޔަ ހޯމަ ދުވަހު ލިސްބަން ޕޯޓުގައި ހިންގި އެ ރެއިޑުގައި ކޮކެއިން ފެނިފައިވަނީ ގަނޑުކުރި މަހުގެ ތެރެއަށްލައި ފޮރުވައިގެން ޔޫރަޕަށް ބޭރުކުރަން އުޅެނިކޮށެވެ.

އެ ރެއިޑުގައި ހަތިޔާރުވެސް ހޯދާފައިވާއިރު، ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ އުމުރު 26 އަހަރާއި 59 އަހަރާ ދެމެދުގެ މީހުން ކަމަށް ހަބަރުތައް ބުނެއެވެ.

އަދި އެ މީހުންނާމެދު އަމަލުކުރާނެ ގޮތެއް ބެލުމަށް ކޯޓަށް ހާޒިރު ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.