އޮޔާ ދަނިކޮށް ފެނިގެން 14 ޑައިވަރުން ފުލުހުން ސަލާމަތްކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ފުލުހުންގެ މެރިން ޕޮލިސްގެ ލޯންޗެއް މިއަދު ހެނދުނު ޏ. ފުވައްމުލަކުން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ގދ. ގަމާ ދިމާލު ކަނޑުމަތިން ޑައިވަރެއް ފެނިގެން ލޯންޗު އެ ސަރަހައްދަށް ދިޔައިރު ދެ ޑައިވަރުން ފެނުނު ކަމަށެވެ.
ނަމަވެސް އިތުރު ޑައިވަރުންތަކެއްވެސް އޮޔާދާ ކަމަށް މައުލޫމާތު ލިބުމުން، ފުލުހުންނަށް އެ ސަރަހައްދުން ރަޝިއާގެ 10 ޑައިވަރުންނާއި ހަތަރު އިންސްޓްރަކްޓަރުން ނަގައި ސަލާމަތް ކޮށްފައިވާ ކަމަށް ބުންޏެވެ. ސަލާމަތް ކުރި މީހުންގެ ތެރޭގައި ދިވެހި ތިން އިންސްޓްރަކްޓަރުން ހިމެނޭ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނިގޮތުގައި ސަލާމަތް ކުރި އެންމެން ގދ. ގައްދޫއަށް ގެންގޮސް، އެ މީހުން ޑައިވިންއަށް ދިޔަ ސަފާރީގެ ދޯނި ގެނެސް އެ މީހުން ހަވާލުކޮށްފައިވާ ކަމަށެވެ. އެ އެންމެންގެވެސް ހާލުވެސް ރަނގަޅު ކަމަށް ބުންޏެވެ.
ފުލުހުން ވަނީ މޫދަށް އެރޭ މީހުންނާއި ޑައިވަރުން، މޫސުމާއި އޮއެވަރަށް ބެލުމަށާއި މޫދަށް އެރޭއިރު ސަލާމަތީ އާލަތްތައް ހިފައިގެން ދިޔުމަށް ވެސް އިރުޝާދު ދީފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު