ބަންގްލަދޭޝްގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 43 މީހަކު މަރުވެއްޖެއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ހަބުރީގެ އެ އިމާރާތުގައި އަލިފާން ރޯވި ހާދިސާގައި 43 މީހުން މަރުވެފައިވާއިރު ގިނަ ބަޔަކަށް އަނިޔާވެފައިވާކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ އަނިޔާވި މީހުންގެ ތެރެއިން ހާލުދެރަވި 22 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށްވެސް ބުނެފައެވެ.
އަލިފާން ރޯވާން ދިމާވި ސަބަބު ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު އަލިފާން ނިއްވާ އޮފިޝަލުން ވަނީ އެ އިމާރާތުގެ ތިރީ ބުރީގައި ހުންނަ ރެސްޓޯރަންޓުގައި ހިފި އަލިފާންގަނޑު ކުޑަ ވަގުތުކޮޅެއްގެ ތެރޭ މުޅި އިމާރާތަށް ފެތުރިގެން ދިޔަކަމަށް ބުނެފައެވެ.
އަލީފާން ރޯވުމާއެކު އިމާރާތުގެ ތެރޭގައި ގިނަ ބަޔަކު ތާށިވެ އެމީހުން ސަލާމަތްކުރުމަށް އަލިފާން ނިއްވާ ޓީމުން ވަނީ ކެރޭންގެ ބޭނުންކޮށްގެން މަސައްކަތް ކޮށްފައެވެ.
އޮފިޝަލުން ވަނީ މަރުވި މީހުންގެ ތެރޭގައި، ސަލާމަތް ވުމަށް އިމާރާތުގެ ކުޑަދޮރުތަކުން ފުންމާލި މީހުންވެސް ހިމެނޭކަމަށް ވެސް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ