ގދ. ވާދޫގެ ހުރިހާ ކައުންސިލަރުން މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑުކޮށްފިއެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނީ ވާދޫ ކައުންސިލާ ގުޅޭ 27 މައްސަލައެއް ލިބުމާ ގުޅިގެން އެ ކައުންސިލްގެ އިންކުއަރީއެއް ހެދުމަށް ކުރިން ނިންމާފައިވާނެ ކަމަށެވެ. އެ މައްސަލަތަކުގެ ތެރޭގައި ގިނައީ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި ވާޖިބު އަދާކުރުމުގައި އިހުމާލުވުމުގެ މައްސަލަތައް ކަމަށެވެ. އެ މައްސަލަތަކުގެ އިންކުއަރީއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމުން އެ ފަރާތްތަކުން އިންކުއަރީއަށް ޖަވާބުދާރީވެފައިވާ ކަމަށް އެލްޖީއޭއިން ބުންޏެވެ.
ކައުންސިލްގެ މެމްބަރުން ސަސްޕެންޑުކުރަން ނިންމީ، ކައުންސިލް މެންބަރުންނާއި މުވައްޒަފުންނާ ގުޅޭގޮތުން ކުރިއަށްގެންދިޔަ އެ އިންކުއަރީއަށްފަހު ކަމަށް އެލްޖީއޭއިން ބުންޏެވެ.
އެގޮތުން ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ އަދި ކައުންސިލް މެމްބަރު މުހައްމަދު ޝިފާގު ތިން މަސް ދުވަހަށް ސަސްޕެންޑުކުރަން ނިންމާފައިވާ ކަމަށާއި ކައުންސިލްގެ ނައިބު ރައީސް ހާޝިރު މުހައްމަދުގެ އިތުރުން ކައުންސިލް މެމްބަރު ސާރާ މުހައްމަދު ދެ މަސް ދުވަހަށް ސަސްޕެންޑް ކުރަން އެލްޖީއޭއިން ނިންމާފައިވާ ކަމަށެވެ. އަދި ކައުންސިލްގެ މެމްބަރު މާރިޔަތު އިބްރާހިމް ވަނީ އެއް މަސް ދުވަހަށް ސަސްޕެންޑް ކޮށްފައި ކަމަށް އެލްޖީއޭއިން ބުންޏެވެ.
- ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން
- ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުތައް ބެހެއްޓުން؛ ބައެއް އަމަލުތައް ތަކުރާރުކޮށްފައިވުން
- އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކުރާ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާނުކުރުން
- ވާޖިބުތައް އަދާކުރުމުގައި އިހުމާލުވެފައިވުން
ޚަބަރު
ޚަބަރު
ޚަބަރު