ނ. މިލަދޫން (ޢަލީ ޔާމީން، ވަން އޮންލައިން)
މިދިޔަ ތިން މަހު ސަރުކާރުން ކުރީ އިގުތިސޯދު ބިނާކުރުމުގެ މަސައްކަތް ކަމަށާއި ތަރައްގީއަށް މަސައްކަތްކުރަންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް، ރާއްޖޭގެ ރަށްތަކަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ރަށަށް މިއަދު ހަވީރު ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، މި ރަށަށް ބޭނުންވާ ގިނަ ކަންކަންވެސް އެބަހުރި ކަމަށެވެ. އެގޮތުން މަގުތައް ހެދުމާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރަށް މިވީ ތިން މަސް ދުވަހުގެ ތެރޭގައި ބެލީ އިގުތިސޯދު ބިނާކުރުމަށް ކަމަށެވެ.
"މިހާރު މިއޮތީ މަސައްކަތް ކުރަންވީ ވަގުތު އައިސް ޖެހިފައި، މިދިޔަ ތިން މަސް ދުވަހު އަޅުގަނޑުމެން މި ބެލީ މިފަދަ ހުރިހާ ކަމެއް ކުރެވޭނެ ފަދަ އިގުތިސޯދެއް ބިނާކުރަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ދަރަނި އަދާކޮށް، އާމްދަނީ އިތުރުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި އެކަމުގައި ރަނގަޅު ގޮތްތައް ފެންނަމުން އަންނަ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އެހެންކަމުން ގައުމު ހިންގުމަށް މަޖިލީހަށް ސަރުކާރަށް އެއްބާރުލުންދޭނެ ކެންޑިޑޭޓުން ހޮވަން ޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު