ރާއްޖޭގެ ދެކުނުން ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުން ބައެއް ފޯޅަވައްސާ ފުށުއަރާ ކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށް ދިޔައިރު، ސަރުކާރުން ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ނެގެން ހުރި ގިނަ ދިފާއުތަކެއް އެ މައްސަލައިގެ ތެރެއިން ނަގާފައިނުވާ ކަމަށް އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅަން ބޭނުންވާ ރިޕޯޓް ހަދަން ސަރުކާރުން ގެނައި މާހިރުން ބުނެފިއެވެ.

ކަނޑުގެ މައްސަލާގައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ސަރުކާރުން ގިނަ ދިފާއުތަކެއް ނަގާފައެއް ނުވޭ: ބޭރުގެ މާހިރުން

ރާއްޖޭގެ ދެކުނުން ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ފޯޅަވައްސާ ފުށުއަރާ ކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދިޔައިރު ސަރުކާރުން ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ނެގެން ހުރި ގިނަ ދިފާއުތަކެއް އެ މައްސަލައިގެ ތެރެއިން ނަގާފައިނުވާ ކަމަށް އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅަން ބޭނުންވާ ރިޕޯޓް ހަދަން ސަރުކާރުން ގެނައި މާހިރުން ބުނެފިއެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި އިޓްލޮސް އިން ނިންމި ނިންމުން އިސްތިއުނާފު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.

އެ މައްސަލައާ ގުޅިގެން ގާނޫނީ ލަފާ ހޯދުމަށް ސަރުކާރުން މިދިޔަ ޖެނުއަރީ މަހު ވަނީ އިނގިރޭސި ވިލާތުގެ ކިންގްސް ކައުންސެލްއަކާއި ލޯ އޮފް ދަ ސީއާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެއްގެ ލަފާ ހޯދަން ހަވާލުކޮށްފައެވެ. އަދި އެ މައްސަލަ ދިރާސަ ކުރުމަށާއި މަސައްކަތް ވިލަރެސް ކުރުމަށްޓަކައި ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ބެއްލެވުމުގެ ދަށުން ވަނީ ހާއްސަ ކޮމިޓީއެއްވެސް އެކުލަވާލައިފައެވެ.

އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާހިރުން ދެއްވާފައިވާ ލަފައާއި ވިލަރެސް ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ އިތުރުން އެ މައްސަލައާ ގުޅޭ ލިޔެކިޔުންތަކުން ފާހަގަކުރެވޭ އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ފޯޅަވައްސާ ފުށުއަރާ ކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލައިގެ ފުރަތަމަ މަރުހަލާތަކުގައި ކުރީގެ ސަރުކާރުން އަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށެވެ.

އަދި އެ މައްސަލަ އިޓްލޮސްގައި ކުރިޔަށްދިޔައިރު ކުރީގެ ސަރުކާރުން ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ނެގެން ހުރި ގިނަ ދިފާއުތަކެއް އެ މައްސަލައިގެ ތެރެއިން ނަގާފައިނުވާކަމާއި އެ މައްސަލައިގައި ނިމިދިޔަ ސަރުކާރުން ޒިންމާދާރުކަން ކުޑަގޮތަކަށް އަމަލުކުރުމުގެ ސަބަބުން އެ މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުމާ ގުޅިގެން ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.