ހއ. ހޯރަފުށިން (އަލީ ޔާމީން، ވަން އޮންލައިން)
ބޮޑުތިލަދުންމައްޗަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު މެންދުރު މި ރަށަށް ވަޑައިގަތުމުން މި ރަށުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރައީސް މި ރަށަށް ފައިބައިވަޑައިގެންނެވީ، އިރު މެދު ޖެހުނު ހޫނު ގަދަ ވަގުތުއެވެ. ނަމަވެސް އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް، އެ މަނިކުފާނު ދަތުރުކުރެއްވި ފްލައިޓު ޖެއްސި ސަރަހައްދުން ފެށިގެން އެއާޕޯޓު ބޭރާ ހަމައަށް ދިގު ކިއޫއެއް ދަމާލާފައި އޮތެވެ.
ރައީސް މި ރަށުގެ ކައުންސިލާއި އަންހެނުންގެ ތެރައްގީއަށް މަސައްކަތްކުރައްވާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ. އަދި މި ރަށު ސްކޫލުގައި މި ރަށު ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.
މި ރަށުން މިއަދު ހަވީރު ރައީސް ދެން ވަޑައިގަންނަވާނީ މި އަތޮޅު ތުރާކުނަށެވެ. އެއަށް ފަހު އިހަވަންދޫއަށް ވަޑައިގެންނެވުމަށްފަހު ރައީސް ރޭކުރައްވާނީ ދިއްދޫގައެވެ. ދިއްދޫގައި މިރޭ ރައީސްގެ ބޮޑު ޖަލްސާއެއް އޮންނާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ބޮޑުތިލަދުންމަތީގެ 20 ރަށަށް ވަޑައިގަންނަވާނެއެވެ. މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް އަތޮޅުތެރެޔަށް ކުރައްވާ ތިން ވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅުގައި ވަޑައިގެންނެވީ ތ އަތޮޅުގެ ބައެއް ރަށްތަކަށެވެ. އެއަށްފަހު ދެކުނުގެ އަތޮޅުތަކަށް މިދިޔަ ހަފްތާގައި އެމަނިކުފާނު ވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު