ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުލެޓް ނުލިބޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަނޑައެޅި ލިސްޓު އާންމު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާންމުންގެ ސުވާލުތަކަށް ސީދާ އެ މަނިކުފާނު ޖަވާބު ދެއްވުމަށް މިރޭ ސަލްޓަން ޕާކުގައި ބޭއްވި ފޯރަމުގައި ރައީސް ވިދާޅުވީ، އޭސީސީން ކަނޑައެޅި ލިސްޓު އާންމު ނުކުރެވިފައިވަނީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީއަށް ލިބިފައިނުވާތީ ކަމަށެވެ.
"ޕޯޓަލްގެ އެކްސެސް ނުލިބެންޏާ އަޅުގަނޑުމެންނަށް އޭގެ ހުރި ތި ބޭފުޅުން ފަދަ އެޕްލައި ކުރެއްވި ބޭފުޅުންގެ އަދި މި ޝަރުތު ހަމަނުވާ ކަމަށް އެ ކަނޑައެޅި ބޭފުޅުންގެ މައުލޫމާތުތައް މި ބަލައެއްވެސް ނެހެދޭ. އަދި އަޅުގަނޑުމެން އާންމުކުރަންވެސް ބޭނުންވޭ ހަގީގަތުގައި ޗެކް ކުރުމަށްފަހު. އެކަމަކު އާންމުކުރަންވެސް އެކްސަސް ނުދެންޏާ ނުވެގެން މި އުޅެނީ،" އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭސީސީގެ ނިންމުން މުރާޖާ ކުރުމުގެ މަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުންގެ އިތުރުން އާންމުން ބަލައިގަންނަ ބޭފުޅުންގެ މައްޗަށް ހިމެނޭ ކޮމިޓީއެއް އެކުލަވައިލައްވާނެ ކަމަށެވެ. އަދި އެ ކޮމިޓީން ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާ މީހުންނަށްވެސް ބޯހިޔާވަހިކަމުގެ ހައްގު ގެއްލިގެން ދިޔަ ނުދޭނެ ކަމަށް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ފުލެޓު ލިބުމަށް ޝަރުތު ހަމަނުވާ މީހުންނަށް، ސަރުކާރުގެ އެހެން ހައުސިން ސްކީމުތަކުން ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު