ސްޕެއިންގައި މީހުން ދިރިއުޅޭ ބިލްޑިންގެއްގައި އަލިފާން ރޯވެ ފަސް މީހަކު މަރުވެއްޖެއެވެ.
ސްޕެއިންގެ ވެލެންސިއާގައި ހުންނަ 14 ބުރީގެ އެ އިމާރާތުގައި ރޯވެ ފަސް މީހުން މަރުވިއިރު އިތުރު ފަސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ރެސްކިއު އޮފިޝަލުން ބުނެއެވެ. އޭގެތެރެއިން ހަތަރު މީހުންނަކީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި މީހުން ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
140 އެޕާޓްމެންޓް ހުރި އެ އިމާރާތުގައި އެތައް ސަތޭކަ ބަޔަކު ދިރިއުޅެމުންދަނިކޮށް ހިނގި އެ ހާދިސާގައި 14 މީހުން ގެއްލިގެން ހޯދަމުން އަންނަ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
އަލިފާނުގެ ހާދިސާއާއިއެކު އެތައް އާއިލާއަކަށް ބޯހިޔާވަހިކަން ގެއްލިފައިވާއިރު އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އޮފިޝަލުން އަންނަނީ ކުރަމުންނެވެ.
ވެލެންސިއާގެ މޭޔަރު މާރިއާ ޖޯސޭ ވަނީ 14 ބުރީގެ އެއިމާރާތް ވެއްޓިދާނެ ބިރު ހީވެފައިވާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މީގެ އިތުރުން ހޫނުގެ ސަބަބުން އެތެރޭގައި ތާށިވެފައިވާ މީހުން ހޯދުމުގައި އަލިފާން ނިއްވާ ޓީމަށް ދަތިވެފައިވާކަމަށް ވެސް މޭޔަރު ފާހަގަކުރެއްވިއެވެ.
އިމާރާތުގައި އަލިފާން ރޯވި ސަބަބު އެނގިފައިނުވާއިރު ތަހުގީގު ފަށާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ