ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ޕަބްލިކް ފޯރަމް މާދަމާ ބާއްވަން ރައީސް އޮފީހުން ނިންމައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ ރައީސް ބައިވެރިވެވަޑައިގަންނަވާ "އަހާ" ފޯރަމް އޮންނާނީ މާދަމާ ރޭ 8:45 ގައި ކަމަށެވެ. ފޯރަމް ބާއްވާނެ ތަނެއް ނުބުނެއެވެ.
އެ ފޯރަމްގައި ސީދާ ރައީސް ސުވާލު ދެންނެވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ސުވާލު ފޮނުވުމަށް AH ހުސްތަންކޮޅެއް ދޫކޮށްލާފައި ސުވާލު ލިޔުމަށްފަހު ފޮނުވަން ޖެހެނީ 300 އަށެވެ.
މިދިޔަ މަހުގެ 25 ގައި އާންމުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ވެސް އަހާ ފޯރަމް ބޭއްވިއެވެ. އެ ފޯރަމް ބާއްވާފައިވަނީ ސަލްޓަން ޕާކުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު