މާފުށީގައި ގެނބިގެން ފަރުވާދެމުންދިޔަ މީހަކު މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ، މާފުށީ އެކްޓިވް ވޯޓާ ސްޕޯޓްސް އޭރިއާއާ ދިމާ ނެރުމަތީގައި މީހަކު ގެނބިފައި އޮތް ކަމުގެ މައުލޫމާތު މިއަދު 10:25 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މީހާ އަށް ފަރުވާ ދިނުމަށް މާފުށީ ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މަރުވީ، ބިދޭސީ އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު