ރަހިމުގެ ދޮރަށްޖެހޭ ކެންރަސަށް ސްކްރީނު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޓްރީޓް ޓޮޕް ހޮސްޕިޓަލުން މިއަދު ބުނީ، ކައިވެނިކޮށްގެން އުޅޭ ދެ މަފިރިންނަށް ހިލޭ ސާވިކަލް ކެންސާ ކޮންސަލްޓޭޝަން އަދި ސްކީނުކުރުން އެ ހޮސްޕިޓަލުން ކުރިޔަށްގެންދާ ކަމަށެވެ.

ސްކްރީނު ކުރުން ކުރިޔަށްގެންދަނީ އަންނަ ހުކުރު އަދި ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ރޭގަނޑު 8:00 އިން 10:00 އަށް، މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ކަންތައް ކުރިޔަށް ގެންދާނީ ކަނޑައެޅިފައިވާ ސްލޮޓްތައް ހަމަވަންދެން ކަމަށްވެސް ބުންޏެވެ.

ޓްރީޓިޕް ހޮސްޕިޓަލުން "ވަން" އަށް ބުނީ، "އެ ސްކްރީނިން ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާނީ އެ ވަގުތަކު ހޮސްޕިޓަލުގައި ބައްލަވާ ގައިނަކޮލޮޖިސްޓެއް،" ކަމަށެވެ.

  • ސްކްރީން ކުރެވޭ ފަރާތަކީ ކައިވެނި ކޮށްގެން އުޅޭ ފަރާތެއްކަމުގައިވުން
  • ސްކްރީން ކުރާ އިރު ޕީރިއަޑު ނުވަތަ ހައިލު ވެފައިނުވުން
  • ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި "ޕެޕް ސްމިއާ ސްކްރީނިން" އެއް ހަދާފައި ނުވުން

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ ހިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ، އަދި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.