މޯލްޑިވްސްގެ ކަސްޓަމްސް ސާވިސްގެ 133 އަހަރުވީ ދިގު ތާރީހުގައި އެ އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ހަމަޖައްސައިފިއެވެ.
ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަގާމަށް ހަމަޖެއްސި ޅ. ހިންނަވަރު/ ސަންދުރަ، ފާތިމަތު ދިޔާނާއަށް މަގާމުގެ ލިޔުމާއި މަގާމުގެ ފޮތްކޮޅު ހަވާލުކޮށްދެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދެވެ.
ކަސްޓަމްސްއަށް މިދިޔަ 23 އަހަރު ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ދިޔާނާ ކުރިން ހުންނެވީ ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޑެންޓެންޓްގެ މަގާމުގައެވެ.
"މިއީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ތަރައްގީގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއި އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް،" ކަސްޓަމްސްއިން ބުންޏެވެ.
ދިޔާނާގެ އިތުރުން ކަސްޓަމްސްގައި މިހާރު ދެ ޑެޕިއުޓީ ކޮމިޝަނަރުން ތިއްބަވަ އެވެ. އެއީ އަބްދުﷲ ވަހީދާއި މަހުމޫދު ރިޔާޒެވެ.
ޚަބަރު
ޚަބަރު
ޚަބަރު