ޖަރުމަންވިލާތުގެ ދެމަފިރިޔަކު މަތިންދާބޯޓަކަށް ނާރައި ނުވަމަސް ދުވަހުން ދުނިޔޭގެ ސަތާރަ ގައުމަކަށް ދަތުރުކޮށްފިއެވެ. އެމީހުންގެ ދަތުރު ފެށީ ޖަރުމަންވިލާތުންނެވެ.
ތެރީސާ އާއި ޑެނިސްގެ އާދަޔާ ޚިލާފު މިދަތުރުގައި އެމީހުން ބޭނުންކުރަނީ މުޅިންވެސް ކަނޑުގެ މަގާއި އެއްގަމުގެ މަގެވެ. އެއްގަމުން ދަތުރުކުރަނީ ކާރާއި ބަހުގައެވެ. ކަނޑުމަގުން ބޯޓުފަހަރުގައެވެ. މި ހަފުތާގައި މި ދެމަފިރިން މަޑުކުރީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައެވެ. މިއީ މިދަތުރުގައި އެމީހުންގެ ސަތާރަވަނަ މަންޒިލެވެ. ގައުމެވެ.
އެމިރޭޓްސްއިން ދެން އެމީހުން ދާން ބޭނުންވަނީ އިންޑިއާ ނުވަތަ ޕާކިސްތާނަށެވެ. އެކަމަކު ކަނޑުމަގުން މި ދަތުރު ކުރެވޭނެ ގޮތެއް އަދި އުޅެނީ ނުފެނިގެންނެވެ. އިންޑިއާއަށް ދާން ކަނޑުބޯޓެއް ނުލިބިއްޖެނަމަ ދެންއޮތް މަގަކީ ގަލްފު ކަނޑުހުރަސްކޮށް ބޯޓުގައި އީރާނަށް ދިއުމެވެ. އެކަމަކު ޖަރުމަންވިލާތުގެ ސަރުކާރުން އޮތީ އެތާގެ ރައްޔިތުން ރޫސީވިލާތާއި އީރާނަށް ނުދިއުމަށް އަންގައިފައެވެ.
މި ދެމަފިރިން ބުނާގޮތުގައި މިދަތުރުގެ އެންމެ ޝައުގުވެރި ކުރުވަނިވި ބަޔަކީ މެދުއިރުމަތީގެ ބައެވެ. ތުރުކީ، އިރާގު، ކުވައިތު އަދި ސައޫދީ އަރަބިޔާ އާއި އެމިރޭޓްސްގައި ލިބުނު މެހުމާންދާރީއާއި ކުރެވުނު ތަޖުރިބާތައް ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށް ބުނެފައިވެއެވެ. މި ދަތުރުގެ އެންމެ އުނދަގޫ ކަމަކީ ފެންނުވަރައި ގިނަވަގުތު ބަހުގައި ދަތުރުކުރަން ޖެހުން ކަމަށްވެސް ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ