ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް، އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަންދޫބުންނަށް ވުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ 15:00 އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

  • 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  • ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒުކުރެވެމުންދާ މީހެއް ކަމުގައި ނުވުން.
  • އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން.
  • ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް/ވެރިއެއް ކަމުގައިނުވުން.
  • ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައިނުވުން.
  • ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައިނުވުން.
  • ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައިނުވުން، ނުވަތަ އިންތިހާބީ ކުށެއް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.

ހަބީބު ވިދާޅުވީ، މަންދޫބުންނަށް އީސީން ދޫކުރާނީ ޑިޖިޓަލް ފާހެއް ކަމަށާއި މަންދޫބަކަށްވާ ފަރާތްތަކުން މައުލޫމާތު ސެޝަން ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ.

މަންދޫބުންގެ ފޯމު ބަލައިގަންނާނީ އީ-މެއިލް މެދުވެރިކޮށް ނުވަތަ އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގެ ރިސެޕްޝަނުންނެވެ.

  • މަންދޫބުންގެ ފޯމު މެއިލްކުރާނީ އީސީގެ [email protected] މެއިލަށް.
  • އެޕްލިކޭޝަން އީސީގެ ވެބްސައިޓް http://elections.gov.mv އިން ލިބޭނެ.