ޓަމިލްނާޑޫގައި ކަފަ ލޮލީ ވިއްކުން މަނާކޮށްފިއެވެ.
ކުޑަކުދިންގެ މެދުގައި މަގުބޫލު ކަފަ ލޮލީ އިންޑިއާގެ ޓަމިލް ނާޑޫގައި ވިއްކުން މަނާކޮށްފައިވަނީ އެއިން ކެންސަރަށް މަގުފަހިވާ ކެމިކަލެއް ފެނިގެން ކަމަށް އޮފިޝަލުން ބުނެއެވެ.
ޓަމިލްނާޑޫގެ ހެލްތު މިނިސްޓަރު އެމްއޭ ސުބްރަމާނިއަމް ވަނީ އެ ސްޓޭޓުގައި ކަފަ ލޮލީ ވިއްކުން މަނާކޮށްފައި ވަނި ކާބޯތަކެތި ދިރާސާކުރާ ފަރާތްތަކުން ކުރި ދިރާސާއިން ކަފަ ލޮލީގައި ރޮޑެމައިން-ބީ ހުރިކަން ފާހަގަވެފައިވާތީ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ ސުބްރަމާނިއަމް ވިދާޅުވީ 2006 ވަނަ އަހަރުން ފެށިގެން އެ ގައުމުގައި އަމަލުކުރާ ކާބޯތަކެއްޗާއި ބެހޭ ސަލާމަތީ ކަންކަމުގެ ގާނޫނުގައި ވާގޮތުގެ މަތިން އެ ސިޓީގައި ކަފަލޮލީ ވިއްކުން މަނާކުރި ކަން އިއުލާނު ކުރައްވައިފައެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ މި އެންގުމާ ހިލާފަށް އަމަލު ކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދެއްވައިފައެވެ.
ޓަމިލް ނާޑޫއިން ކަފަ ލޮލީ މަނާކޮށްފައިވާއިރު އިންޑިއާގެ ޕުޑުއްޗެރީން މީގެ ކުރިން ވަނީ ކަފަ ލޮލީގައި ނުރައްކާތެރި ކެމިކަލެއް އެކުލެވޭކަމަށް ފާހަގަވުމުން އެ ވިއްކުންވެސް މަނާކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ