ދަ މާކެޓާސް ސަމިޓުގެ ދެވަނަ އެޑިޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
ދަ މާކެޓާސް ސަމިޓް 2024ގެ އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ކަމަށެވެ. އިވެންޓް ކުރިއަށްދާނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސީއޭ އޯޑިޓޯރިއަމްގައެވެ.
"ގްލޯޓެބް އިންވެސްޓްމަންޓުން އިންތިޒާމު ކޮށްގެން ބާއްވާ މި އިވެންޓް ވެގެންދާނީ ރާއްޖޭގެ މާކެޓިން ދާއިރާއަށް ހާއްސަކޮށްގެން ބާއްވާ އެންމެ އުންމީދީ އެއް ހަރަކާތް. އެގޮތުން އެ އިވެންޓުގައި ވިޔަފާރީގެ ސިނާއަތުގެ އިސްވެރިން, މާކެޓިން ޕްރޮފެޝަނަލުނާއި އުއްމީދީ ހުނަރުވެރިން އެއް ތަނަކަށް އެއްކޮށް، މާކެޓިން ދާއިރާގެ މުސްތަގުބަލު ބައްޓަންކުރާނެ ކަމަށް ލަފާކުރެވޭ އެންމެ ފަހުގެ ޓްރެންޑްތަކާއި ސްޓްރެޓެޖީތަކާއި ޓެކްނޮލޮޖީތައް ދެނެގަނެވޭނެ،" ދިރާގުން ބުންޏެވެ.
މި އަހަރުގެ ވިޔަފާރިވެރިންގެ ސަމިޓުގައި މައިގަނޑު ގޮތަކަށް އަލިއަޅުވާލާނީ އާޓިފިޝަލް އިންޓެލިޖެންސް، އޭއައި އާއި އާ އިޖާދީ ޓެކްނޮލޮޖީގެ ސަބަބުން މާކެޓިން ޓްރެންޑްސް އަދި ޑައިނަމިކްސްއަށް ކުރާ އަސަރުގެ މައްޗަށެވެ.
އެގޮތުން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ސަމިޓުގައި ދިވެހި އަދި ބައިނަލްއަގްވާމީ ކަމާބެހޭ ފަރާތްތައް ތަފާތު މައުލޫތަކާ ގުޅޭ ގޮތުން އެބޭފުޅުންގެ ވިސްނުމާއި އުކުޅުތައް ބައިވެރިންނާ ހިއްސާކުރާނެއެވެ.
އެ ސަމިޓްގައި 400 ވުރެ ގިނަ ވިޔަފާރިވެރިންނާއި 200 ވުރެން ގިނަ ކުންފުނިތަކުންނާއި 25 ތަޖުރިބާކާރުންގެ ތަޖުރިބާ ހިއްސާކުރުމާއި ހަތަރު ޕެނަލް ޑިސްކަޝަންސް އަދި ތިން ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ވަނީ ހަަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު