އިންތިހާބު ބޯމަތިވެފައި ވަނިކޮށް އިންޑިއާގެ މައި އިދިކޮޅު ޕާޓީގެ ބޭންކު އެކައުންޓުތައް ފްރީޒް ކޮށްފިއެވެ.

އިންޑިއާގެ މައި އިދިކޮޅު ޕާޓީ، ދަ އިންޑިއަން ނެޝަނަލް ކޮންގްރެސް އިން ހުކުރުދުވަހު ބުނީ، އެ ޕާޓީގެ ހުރިހާ ބޭންކު އެކައުންޓުތަކެއް ޓެކްސް އިދާރާއިން ފްރީޒް ކޮށްފައިވާކަމަށެވެ.

ކޮންގްރެސް ޕާޓީގެ ހަޒާންދާރު އަޖޭ މަކެން ބުނީ އެ ޕާޓީގެ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ 2018 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ ޓެކުހާ ގުޅޭ ތަހުގީގެއް ހިންގުމަށް ކަމަށް ޓެކްސް އިދާރާއިން ބުނެފައިވާކަމަށެވެ.

އަޖޭ ބުނީ ޓެކްސް އިދާރާއިން ކުރިޔަށް ގެންދާ ތަހުގީގާ ގުޅިގެން، 2.1 ބިލިއަން ރުޕީސް ޓެކްސް އިދާރާއަށް ދައްކާންވެސް އަންގާފައިވާ ކަމަށެވެ. އަޖޭ ވަނީ މިއީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީން މޯދީގެ ސީދާ އަމުރަށް ޑިމޮކްރަސީއަށް ދިން ހަމަލާއެއް ކަމަށް ސިފަކޮށްފައެވެ.