ތުރުކީ ކައިރިޔަށް ކާގޯ ބޯޓެއް ބަންޑުންޖަހާލައިފިއެވެ.

ތުރުކީގެ ވެރިރަށް އިސްތަންބޫލާއި ދިމާލުން ބަންޑުން ޖަހާލި ކާގޯ ބޯޓުގައި ދަތުރުކުރި ހަ ފަޅުވެރިން ގެއްލިފައިވާކަމަށް ރެސްކިއު އޮފިޝަލުން ބުނެއެވެ.

ދަ ބަޓުހާން ނަމަކަށް ކިޔާ އެ ބޯޓަކީ ތުރުކީގެ މަރްމަރާ އައިލެންޑުން ބުރްސާއަށް މުދާ އުފުލާ ބޯޓެއް ކަމަށް އޮފިޝަލުން ބުނެއެވެ.

ތުރުކީގެ ޑިފެންސް މިނިސްޓްރީން ވަނީ އެ ގައުމުގެ ނޭވީއިން ސޯނާ ޑިވައިސްއެއްގެ އެހީގައި ބެލި ބެލުމުން އެ ބޯޓު މިހާރު އޮތީ ކަނޑުގެ 51 މީޓަރުގެ އަޑީގައި ކަން އެނގިފައިވާ ކަމަށް ބުނެފައެެވެ.

ބޯޓު ބަންޑުން ޖަހާލުމުގެ ކުރިން ބޯޓުން އިމަޖެންސީ ސިގްނަލް ފޮނުވި ކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް ގިނަ އިރުތަކެއް ނުވެ ބޯޓާ ގުޅުން ކެނޑުނު ކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފައެވެ.

އޮފިޝަލުން ވަނީ ގެއްލިފައިވާ ހުރިހާ އެންމެންނަކީ ވެސް ތުރުކީއަށް ނިސްބަތްވާ މީހުންކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށް ބުނެފައެވެ.