ރާއްޖޭގެ 15 އަތޮޅަކުން، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)އިން ވިއްކާ މަކިޓާ ޕަވާ ޓޫލްސް ވިއްކައިދިނުމުގެ މަސައްކަތްކޮށްދޭނެ އެޖެންޓުން ހޯދުމަށް އިއުލާނުކޮށްފިއެވެ.
އެސްޓީއޯ އިން މިއަދު ވަނީ ރާއްޖޭގެ 15 އަތޮޅެއްގެ 31 ރަށަކަށް އެ ކުންފުނިން ވިއްކާ މަކިޓާ ޕަވާ ޓޫލް އެޖެންޓުންގެ ގޮތުގައި ވަޒީފާ އަދާކޮށްދޭނެ އެޖެންޓުން ހޯދުމަށް އިއުލާންކޮށްފައެވެ.
- އެޖެންޓުން ނެގުމަށް ހަމަޖެހިފައިވާ ރަށްތައް:
- ހއ. އަތޮޅު: ދިއްދޫ
- ށ. އަތޮޅު: ފުނަދޫ، މިލަންދޫ
- ނ. އަތޮޅު: ވެލިދޫ، މަނަދޫ
- ރ. އަތޮޅު: ދުވާފަރު، މީދޫ، އަލިފުށި، އުނގޫފާރު
- ބ. އަތޮޅު: ތުޅާދޫ
- ޅ. އަތަޅު: ނައިފަރު، ހިންނަވަރު
- ކ. އަތޮޅު: ކާށިދޫ، ހިންމަފުށި، ގުޅި، ތުލުސްދޫ
- އއ. އަތޮޅު: ރަސްދޫ، ތޮއްޑޫ
- އދ. އަތޮޅު: މަހިބަދޫ، މާމިގިލި
- ވ. އަތޮޅު: ކެޔޮދޫ
- މ. އަތޮޅު: މުލައް، ދިއްގަރު، މުލި
- ފ. އަތޮޅު: ނިލަންދޫ
- ދ. އަތޮޅު: ކުޑަހުވަދޫ، މީދޫ
- ތ. އަތޮޅު: ތިމަރަފުށި، ވިލުފުށި
- ލ. އަތޮޅު އިސްދޫ، މާވަށް
އެސްޓީއޯ އިން ބުނީ އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުން އަދާކުރަންޖެހޭ މަސައްކަތަކީ، އެސްޓީއޯ އިން ވިއްކާ މަކިޓާ ޕަވާ ޓޫލްސްގެ ބާވަތްތައް ކަނޑައެޅިފައިވާ ރަށްތަކުގައި ވިއްކުމުގެ ހިދުމަތް ދިނުން ކަމަށާއި އިއުލާންކުރެވުނު ކޮންމެ ރަށަކުން ނެގުމަށް ހަމަޖެހިފައިވަނީ ދެ އޭޖެންޓުން ކަމަށެވެ.
އޭޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާ ބެހޭ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ޖެނެރަލް ކޮންސްޓްރަކްޝަން މުދާ ވިއްކާ، އަދި ހާޑްވެއާ ޝޯ ރޫމެއް ނުވަތަ ފިހާރައެއް ހުންނަ ފަރާތްތަކަށް ކަމަށްވެސް އިއުލާނުގައިވެއެވެެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު