ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024ގައި - ވޯޓުލުމަށް ރަޖިސްޓަރީ ކުރިނަމަވެސް ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަނުވެގެން ރަޖިސްޓަރީ ބާތިލުވާ މީހުން އަލުން ރަޖިސްޓަރީ ކުރުމަށް އިލެކްޝަން ކޮމިޝަނުން(އީސީން) ހުޅުވާލައިފިއެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް ހުށަހެޅޭނެ ކަމަށެވެ. ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް https://form.elections.gov.mv އެ ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އެކަނިކަމަށެވެ.
މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.
މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ)ގައި އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެ އިންތިޒާމު ގާއިމް ކޮށްފައިވާނެކަމަށްވެސް އިއުލާނުގައި ވެއެވެ.
ރީ-ރަޖިސްޓްރޭޝަން ކުރުމަށް އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެނި ވެރިފައިޑް އީފާސް އެކައުންޓަކުންކަމަށާއި އެ ގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ދެފުށުގެ ފޮޓޯ ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
- * ނ. މެދުފަރު އައިލެންޑް- ސޮނެވާ ޖަނީ،
- * ރ. މާމުނަގައުއިންޓާ - ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު،
- * ރ. ބޮޑުފުށި - ޖޯލި ބީންގް (ރ. ބޮޑުފުށި)،
- * ބ. ފޮނިމަގޫދޫ - ރީތި ބީޗް ރިސޯޓް (ބ. ފޮނިމަގޫދޫ)،
- * ބ. ކަނުފުށި - ފިނޮޅު ބާ އެޓޯލް މޯލްޑިވްސް (ބ. ކަނުފުށި)،
- * ޅ. ކުރެއްދޫ - ކުރެއްދޫ އައިލެންޑް ރިސޯޓު (ޅ. ކުރެއްދޫ)،
- * ޅ. ކަނިފުށި - އެޓްމޮސްފިއާ ކަނިފުށި މޯލްޑިވްސް (ޅ. ކަނިފުށި)،
- * ކ. އޮޅުވެލި - ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް (ކ. އޮޅުވެލި)،
- * ކ. ކަނޑޫމާފުށި - ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް (ކ. ކަނޑޫމާފުށި)،
- * ކ. ކަނުއޮތްހުރާ - ސިނަމަން ދޮންވެލި މޯލްޑިވްސް (ކ. ކަނުއޮތްހުރާ)،
- * ކ.ހެލެގެނލި - އޮބްލޫ ބައި އެޓްމޮސްފިއަރ އެޓް ހެލެގެނލި (ކ.ހެލެގެނލި)،
- * ކ. ލަންކަންފިނޮޅު - ވިލާ ނައުޓިކާ ޕެރެޑައިސް އައިލެންޑް، (ކ. ލަންކަންފިނޮޅު)،
- * އދ. މޫފުށި - ކޮންސްޓެންސް މޫފުށި (އދ. މޫފުށި)،
- * ދ. އޮޅުވެލި އެންޑް އެނބޫދޫފުށި - ނިޔަމަ މޯލްޑިވްސް (ދ. އޮޅުވެލި އެންޑް އެނބޫދޫފުށި)،
- * އދ. ދިއްދޫ ފިނޮޅު- ލަކްސް ސައުތް އަރި އަތޮޅު މޯލްޑިވްސް (އދ. ދިއްދޫ ފިނޮޅު)،
- * ބ. މިލައިދޫ - މިލައިދޫ އައިލެންޑް މޯލްޑިވްސް ( ބ.މިލައިދޫ )،
- * އއ. ފެސްދޫ - ޑަބްލިޔު މޯލްޑިވްސް (އއ. ފެސްދޫ)،
- * ހުޅުލެ - ހުޅުލެ-1
- * އިންޑިއާ- އިންޑިއާ / ޓްރިވެންޑްރަމް - 1
- * ތައިލެންޑް - ތައިލެންޑް / ބެންކޮކް - 1
- * އިނގިރޭސިވިލާތް - އިނގިރޭސިވިލާތް /ލަންޑަން - 1
- * އެކުވެރި ޢަރަބި ޢިމާރާތް - އެކުވެރި ޢަރަބި ޢިމާރާތް / އަބޫ ދާބީ - 1
ރީ-ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ މިއަދު ހެނދުނު 08:30 އިން ފެށިގެން މާދަމާގެ ހަވީރު 04:00 ގެ ނިޔަލަށްކަމަށެވެ. އަދި އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި ބަހައްޓިފައިވާ ކައުންޓަރުތަކުން އޮންލައިންކޮށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށްކަމަށް އީސީން ބުނެއެވެ.
އެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށްވެސް އީސީގެ އިއުލާނުގައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު