މާލޭގެ އިމާރާތެއްގެ މަތިން މިއަދު ވެއްޓުނު ބިދޭސީ މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، 20 އަހަރުގެ އެ މީހާއަށް ފަރުވާދެމުންދަނިކޮށް މިއަދު 1:40 ހާއިރު މަރުވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ މީހާ ވެއްޓިފައިވަނީ މިއަދު 10:30 ހާއިރު ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ ސިޑިގޮޅިންނެވެ.

އޭނާ ވެއްޓިފައިވަނީ އެ އިމާރާތުގެ ނުވަވަނަ ބުރިންނެވެ. އެނގިފައިވާ ގޮތުގައި އޭނާ ވެއްޓުނީ އޭސީ މަރާމާތުގެ މަސައްކަތުގައި އުޅެނިކޮށެވެ.