ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން މީހުންނަށް ފްލެޓް ދިނުމުގައި މައްސަލަތަކެއް އުޅޭ ކަމަށް ފެނިގެން ފްލެޓް ދިނުން ހުއްޓުވުމަށްފަހު، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ތަހުގީގުގައި ފްލެޓް ލިބޭ ކަމަށް ޝަރުތު ކަމަވާ މީހުންގެ ލިސްޓެއް އެ ކޮމިޝަނުން މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓަށް ފޮނުވާފައިވާ ކަމަށް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

ފްލެޓާ ގުޅުންހުރި މައްސަލަތަކާ ބެހޭގޮތުން ރައްޔިތުންގެ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން އެ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޝަރުތު ހަމަވާކަމަށް އޭސީސީން ފޮނުވާފައިވާ ލިސްޓުން އެއީ ކޮންބައެއްކަން ނޭނގޭ ކަމަށެވެ. އެލިސްޓްގައި ހުރީ ފޯމު ނަމްބަރުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ ލިސްޓުގައި ފްލެޓް ލިބެންޖެހޭ ކަމަށް ހިމަނާފައިވާ މީހުންނަކީ ކޮބައިކަން އެނގޭނީ އެކަމާބެހޭގޮތުން އެ މިނިސްޓްރީގައި ގާއިމް ކޮށްފައިވާ ޕޯޓަލް އަށް އެކްސެސް ލިބުމުން ކަމަށްވެސް ވިދާޅުވިއެވެ.

ފްލެޓް މައްސަލައިގެ ތަހުގީގު ނުނިމޭތީ އެ ޕޯޓަލަށް އެކްސެސް ވެވެނީ އޭސީސީއަށް އެކަނި ކަމަށާއި ޕޯޓަލަށް އެކްސެސް ލިބޭނީ އޭސީސީން އޭގެ ބެކަޕެއް ހެދުމަށްފަހު އޭސީސީން އެކްސެސް ދިނުމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ....