އިންޑޮނޭޝިއާގައި ހޮނު އަޅައި ފުޓުބޯޅަ ކުޅުންތެރިޔަކު މަރުވެއްޖެއެވެ.

އިންޑޮނޭޝިއާގެ ޖާވާގައި ހުންނަ ސިލިވަންގީ ސްޓޭޑިއަމްގައި ފުޓުބޯޅަ މެޗެއް ކުޅެނިކޮށް އެވަގުތު ދަނޑު މަތީގައި ކުޅެން ހުރި ކުޅުންތެރިޔަކަށް ހޮނުއެޅި ވަގުތު އެމަންޒަރު ފެންނަ ވީޑިއޯއެއްވެސް ވައިރަލް ވެފައިވެއެވެ.

ވީޑިއޯއިން ފެންނަ ގޮތުން ހޮނު އެޅުމާއެކު އެ ކުޅުންތެރިޔާ ވެއްޓެއެވެ.

https://www.youtube.com/watch?v=_CpMvnqVOno

ހޮނު އަޅައި ދަނޑުމައްޗަށް އެ ކުޅުންތެރިޔާ ވެއްޓުނު ނަމަވެސް އޭނާ އެވަގުތު ނޭވާ ލާކަމަށާއި މަރުވެފައި ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށްކަމަށް އޮފިޝަލުން ބުނެއެވެ.

ހޮނު އެޅުމާއެކު އެ ކުޅުންތެރިޔާގެ ޖޯޒީގެ އެކި ތަންތަން އަނދާފައިވާ ކަމަށްވެސް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އިންޑޮނޭޝިއާގެ ނެޝަނަލް ވެދާ ސާވިސް އިން ވަނީ ހޮނު އަޅާފައިވަނީ ވިއްސާރަވެ ބޯކޮށް ވާރޭ ވެހުނު ގަޑިއެއްގައި ކުޅެން ހުއްޓާ ކަމަށާއި ހުސްބިމެއްގައި ހުރުމުން ހޮނު އެޅުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ ކަމަށް ބުނެފައެވެ.