މިދިިޔަ ބުދަ ދުވަހު ގަލޮޅު ދަނޑުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ބައްދަލުކުރި ދެވަނަ ޑިވިޝަންގެ ކުއާޓާ ފައިނަލް މެޗުގައި ކުޑަހެންވޭރުގެ ސަޕޯޓަރުން ހިންގި މާރާމާރީއާ ގުޅިގެން އިތުރު ހައްޔަރުކޮށްފިއެވެ.
އެ މެޗު ނިމެން ކައިރިވެފައިވަނިކޮށް ކުޑަހެންވޭރުގެ ސަޕޯޓަރުންތަކެއް ވަނީ ދަނޑަށް އަރައި ވިކްޓަރީގެ ބިދޭސީ ކުޅުންތެރިއަކަށާއި އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދަށްވެސް ހަމަލާ ދީފައެވެ.
ކުޑަހެންވޭރުގެ ސަޕޯޓަރުން ދަނޑަށް އެރީ މެޗުގެ ތެރޭގައި ކުޑަ ހެންވޭރުގެ ކުޅުންތެރިޔަކަށް ގަސްދުގައި ހަމަލާ ދިނުމުންނެވެ.
އެ ހަމަލާއާ މިފަހަރު ހައްޔަރުކޮށްފައިވަނީ، ރުވާގުގެ، ރ. މަޑުއްވަރި، އިބްރާހިމް ނުއައިމް ޝަރުމީލް، 19 އެވެ. އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ދީފައެވެ.
އޭނާގެ މައްޗަށް ފުލުހުން ކުރަނީ، މާރާމާރީގައި ބައިވެރިވުމުގެ ތުހުމަތެވެ.
ގަލޮޅު ދަނޑުގެ ހަމަނުޖެހުންތަކުގެ މައްސަލައާ ގުޅިގެން މީގެ ކުރިންވެސް ދެ މީހަކު ހައްޔަރުކުރިއެވެ. އެގޮތުން މި މައްސަލައިގައި މީގެ ކުރިން ހައްޔަރުކޮށްފައި ވަނީ އިބްރާހިމް އަލީފް ރައޫފް، 34، ހ. ހިލްޓަން، ރިކްޒު އާދަމް، 21އ، ފައިވްރޯސް/ގދ. ތިނަދޫ އެވެ. އެ ދެ މީހުންގެ ބަންދަށްވެސް ވަނީ 15 ދުވަސް ޖަހައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު