ފިލިޕީންސްގައި ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާގައި ވަޅުލެވުނު ކުއްޖަކު 60 ގަޑިއިރު ފަހުން ފެނިއްޖެއެވެ.
ފިލިޕީންސްގެ މިންޑާނާއޯ ރީޖަނުގެ މަސާރާ ވިލެޖުގައި ހިނގައިދިޔަ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މިހާތަނަށް 35 މީހަކު މަރުވެ 77 އަށްވުރެ ގިނަ މީހުން ގެއްލިގެން ހޯދަމުން އަންނަ ކަމަށް ރެސްކިއު ޓީމުތަކުން ބުނެއެވެ.
މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށްދާއިރު އެ ހާދިސާގައި ވަޅުލެވުނު އުމުރުން ތިން އަހަރުގެ ކުއްޖަކު ވަނީ 60 ގަޑިއިރު ފަހުން ހޯދައި ސަލާމަތް ކޮށްފައެވެ.
ވަލުލެވި ގެއްލިފައިވާ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނި ނަމަވެސް އެކުއްޖާ ފެނުމުން ރެސްކިއު ޓީމުތަކުން ވަނީ އަދިވެސް މީހުން ސަލާމަތްކުރެވޭނެ ކަމަށް ބަލައި ރެސްކިއު އޮޕަރޭޝަން ފުޅާކޮށްފައެވެ.
ފިލިޕީންސްގެ މަސާރާ އަށް 5.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމަށްފަހު އެގައުމުގެ އެ އަވަށުގެ ގިނަ ސަރަހައްދުތަކުން ވަނީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ