ޑީއެޗްއެލް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ 24 އަހަރުގެ ދިވެހި ފިރިހެނެކެެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް އެއް މަސް ދުވަސް ޖަހައިފައެވެ.

ބަންދުގެ އަމުރުގައިވާ ގޮތުން މަސްތުވާތަކެތި ހުރި ޕާރުސަލަކީ އޭނާގެ އެއްޗެއްކަން ފުލުހުން ކަށަވަރު ކުރީ, ޕެކޭޖުގައި ޖަހާފައި އޮތް ފޯން ނަންބަރާއި އޭނާ ގެންގުޅޭ ފޯން ނަންބަރު ދިމާވުމުންނެވެ.

އެ މީހާ ހައްޔަރުކުރީ ޕާރުސަލް ބަލައި ޑީއެޗްއެލްއަށް ގޮސް ހުއްޓައެވެ. ނަމަވެސް އެ ޕެކޭޖުގެ ތެރެއިން ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް ސާފެއް ނޫނެވެ.