ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން، ފުލެޓެއް ލިބުނު ކަމަށްބުނެ މީހެއްގެ އަތުން އޮޅުވާލައިގެން ދެ ލައްކަ ރުފިޔާ ހޯދައިފިއެވެ.

ފުލުހުން މިރޭ ބުނީ ފުލެޓެއް ލިބުނު ކަމަށްބުނެ އޮޅުވާލައިގެން ފައިސާ ހޯދާފައިވަނީ ގއ. ވިލިނގިލި މީހެއްގެ ބޭންކު އެކައުންޓުން ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި ފުލުހުން ދަނީ ސްކޭމުގެ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

މީގެ ކުރިން ވެސް ވަނީ އެޗްޑީސީގެ ނަމުގައި ފުލެޓު ލިބުނު ކަމަށްބުނެ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކެއް ފުލުހަށް ހުށަހަޅައިފައެވެ. ނަމަވެސް ސްކޭމުގެ މައްސަލަތައް ބެލުމަށް ފުލުހުންނަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ.