ފެނަކަ ކޯޕްރޭޝަން ލިމިޓެޑުގެ ޓެކްނިކަލް ދާއިރާގެ މުވައްޒަފުން ޓެކްނިކަލް ދާއިރާއިން އިތުރަށް ތަމްރީނުކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކާ ހަވާލުކޮށްފިއެވެ.
ފެނަކަ ބިލްޑިންގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ފެނަކަ ކޯޕްރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސެއިން ޒުހުރީއެވެ. ޕޮލިޓެކްނިކުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ޒޫޝާން ކަމާލުއްދީނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒުހުރީ ވިދާޅުވީ މިހާރުވެސް ފެނަކަ ކޯޕްރޭޝަންގައި 6900 މުވައްޒަފުން އެބަތިބި ކަމަށާއި އޭގެ ތެރެއިން 2799 މުވައްޒަފުންނަކީ ޓެކްނިކަލް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ. އަދި 20 ޕަސެންޓް މީހުންނަކީ ސީ3 ލެވެލް ފެންވަރުގެ މުވައްޒަފުން ކަމަށް ވިދާޅުވިއެވެ.
ޒުހުރީ ވިދާޅުވީ ފެނަކައިގެ 20 ޕަސަންޓް މުވައްޒަފުންނަކީ ސީ3 ލެވެލް ފެންވަރުގެ މުވައްޒަފުން ނަމަވެސް، "އެކަން ޔަގީންކޮށްދޭނެ ސެޓްފިކެޓެއް ނެތް" ކަަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު ޒޫޝާން ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން މުވައްޒަފުންނަށް ވަކި ޓްރޭނިން ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށާއި އަދި އެއީ ސީ3 ސެޓްފިކެޓެއް އޮންނަ ބައެއްގެ ގޮތުގައި ހަމަޖެހޭނެ ކަމަށެވެ.
ބާކީ ތިބި 80 ޕަސަންޓް ފެނަކަ މުވައްޒަފުންނަކީ ސީ3 ލެވެލް ސެޓްފިކެޓް ޓްރޭނިން ބެނުންވާ މުވައްޒަފުންކަން ފާހަގަކުރައްވަމުން ޒުޝާން ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ފެނަކައިގައި މަސައްކަތް ކުރާ ޓެކްނިކަލް ދާއިރާގެ މުވައްޒަފުންނަށް ދެވޭ ތަމްރީނުތަކަށްފަހު ކޮންމެ މުވަޒަފަކަށްވެސް ދަށްވެގެން ސީ3 ލެވެލްގެ ސެޓްފިކެޓް ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު