އެމްޕީއެލް އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިއްޔެ ހަވީރު ކުޑަހެންވޭރު ޔުނައިޓެޑާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތައް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
އިއްޔެގެ މެޗުގެ ބޮޑު ބައެއް ކުޅުނު ފަހުން ހަމަނުޖެހުން ހިނގި އިރު، މެޗު ވިކްޓަރީން ލީޑު ކޮށްފައި އޮތީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 81 ވަނަ މިނެޓުގައި މެޗު ހުއްޓާލަން ޖެހުނީ، ވިކްޓަރީގެ ބެންޗާ ދިމާލުން ވިކްޓަރީގެ އަނަޓޯލީ ވްލަޝީޗޭވާއި ކުޑަހެންވޭރުގެ ކުޅުންތެރިއަކާ ދެމެދު ހިނގި ކަމަކާ ގުޅިގެން، ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ދަނޑަށް އެރުމުންނެވެ.
ދަނޑަށް އަރައި ބައެއް ސަޕޯޓަރުން ކުޅުންތެރިންނަށް ހަމަލާ ދީ، މާރާމާރީ ހިނގިތަން ވީޑިއޯއިން ފެނިފައިވާ އިރު، ވިކްޓަރީ ކޯޗު ސޮބާހު މުހައްމަދު (ސޮބާ)އަށްވެސް ހަމަލާ ދޭ މަންޒަރު ފެނިގެން ގޮސްފައިވެއެވެ. އެފްއޭއެމްއިން ބުނެފައި ވަނީ މެޗުގެ ނަތީޖާއަށް ގޮތެއް ނިންމަން، މުބާރާތުގެ އިމަޖެންސީ ކޮމިޓީ ބައްދަލުކުރާނެ ކަމަށެވެ. އަދި ވަކި ޖަވާބެއް އެ އިދާރާއިން ދީފައެއް ނުވެއެވެ.
މިއަދު ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި، އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް