އެމްޕީއެލް އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިއަދު ހަވީރު ކުޑަހެންވޭރު ޔުނައިޓެޑާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގައި ހަމަނުޖެހުމެއް ހިނގައި، މެޗު ހުއްޓާލަން ޖެހިއްޖެއެވެ.
މިއަދުގެ މެޗުގެ ބޮޑު ބައެއް ކުޅުނު ފަހުން ހަމަނުޖެހުން ހިނގި އިރު، މެޗު ވިކްޓަރީން ލީޑު ކޮށްފައި އޮތީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 81 ވަނަ މިނެޓުގައި މެޗު ހުއްޓާލަން ޖެހުނީ، ވިކްޓަރީގެ ބެންޗާ ދިމާލުން ވިކްޓަރީގެ އަނަޓޯލީ ވްލަޝީޗޭވާއި ކުޑަހެންވޭރުގެ ކުޅުންތެރިއަކާ ދެމެދު ހިނގި ކަަމަކާ ގުޅިގެން، ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ދަނޑަށް އެރުމުންނެވެ.
މިއަދުގެ މެޗުގެ ނަތީޖާއަށް ގޮތެއް ނިންމަން، މުބާރާތުގެ އެމަޖެންސީ ކޮމިޓީ ބައްދަލުކުރާނެ ކަމަށް އެފްއޭއެމްއިން ބުނެފައިވާ އިރު، އަދި ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.
މިއަދުގެ މެޗުގައި ވިކްޓަރީގެ ފުރަތަމަ ގޯލު މުހައްމަދު އުމައިރު ޖެހި އިރު، ދެވަނަ ގޯލު އޭރިއާ ބޭރުން ޖެހި ޝޮޓަކުން ޖެހީ އުޒްބެކިސްތާން މިޑްފީލްޑަރު ފާރޫކް ހައިދަރޯފެވެ. މެޗުގައި ކުޑަހެންވޭރުގެ ހަމައެކަނި ގޯލު، ޝަމާލް އަބްދުﷲ (ޝަންމު) ޖެހި އިރު، ދެވަނަ ހާފުގައި ވިކްޓަރީގެ ތިންވަނަ ގޯލު ޖެހީ ވްލަސިޗޭވްއެވެ.
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް