އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ 'ރަމަޒާން ބާޒާރު' ފަށައިފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ، އެ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯގެ މަކިޓާ ޝޯވްރޫމް، އަމީނީ މަގުގައި ހުންނަ ނިޕޯން ޝޯރޫމުގެ އިތުރުން ލ. ފޮނަދޫގެ ފިހާރައިގައި ކަމަށެވެ.

އެ ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ޕްރޮޑަކްޓުތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭއިރު، އަގުހުރި އިނާމުތަކެއް ލިބޭ ލަކީޑްރޯއެއްވެސް ކުރިއަށްގެންދެއެވެ.

ލަކީޑްރޯގައި ބައިވެރިވުމަށް ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެއެވެ. ކޫޕަން ލިބޭ ފަރާތްތަކުގެ މެދުގައި ރޯދަ މަސް ނިމުމުން ގުރުއަތު ނަގާނެއެވެ.

އެ ލަކީޑްރޯއިން އެއް ވަނައަށް ހޮވޭ ފަރާތަކަށް ހުށަހަޅާފައިވަނީ އެސްޓިއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން ބައިލައްކަ ރުފިޔާގެ މުދަލުގެ ގިފްޓް ވައުޗާއެކެވެ. މީގެ އިތުރުން ހަ ނަސީބުވެރި ފަރާތަކަށް ފަސްހާސް ރުފިޔާގެ މުދާ އެސްޓީއޯގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ އައުޓްލެޓްތަކުން ގަނެވޭނެއެވެ.

އެސްޓީއޯ އިން ބުނީ، ސިމެންތި, ހިލަ, ހިލަވެލި، އަދި ނިޕޯން ޕެއިންޓް ފަދަ އާންމުކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ބޭނުންކުރާ ބާވަތްތައްވެސް އިނާމު ލިބޭ ނަސީބުވެރިންނަށް ނެގޭނެ ކަމަށެވެ.