މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ، އެމްއެންޔޫގެ މެރިޓައިމް ސަވައިވަލް ސެންޓަރުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފެށި އެމްއެންޔޫގެ މެރިޓައިމް ސަވައިވަލް ސެންޓަރުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރިޔަށް ގެންދިޔަ މަސައްކަތްތަކުގެ ތެރޭގައި 1200 ސީބީއެމްގެ ލޭންޑްފިލް މަސައްކަތާއި 62.25 މީޓަރުގެ ޝީޓް ޕައިލް ކުއޭ ވޯލް، 4.2 ގުނަ 4 މީޓަރުގެ ރޭމްޕް މަސައްކަތް ހިމެނެއެވެ.

އޭގެއިތުރުން، 264،32 އަކަމީޓަރުގެ ބަނދަރު ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމާއި މޫރިން ބޮލާޑް ހަރުކުރުމާއި ދެ ލައިފްބޯޓާއެކު ޑޭވިޓް ސިސްޓަމް އިންސްޓޯލްކުރުމާއި ކޮންޓެއިނާ މޮޑިފިކޭޝަން އެވެ.

އެ މަޝްރޫގެ އަގަކީ 6.50 މިލިއަން ރުފިޔާ އެވެ. އެމްއެންޔޫގެ ފަރާތުން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 21 ޑިސެމްބަރު 2021ގައެވެ.