ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ މަންމަ އައިޝާ އަލީ، މިއަދު އަވަހާރަވެއްޖެއެވެ.

އައިޝަތު އަލީ އަކީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް މުއްތަލިބުގެވެސް މަންމައެވެ.

އައިޝާ އަވަހާރަވީ އުމުރުން 82 އަހަރުގައެވެ. އޭނާގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 12:00ގައި ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

މިނިސްޓަރު މުއްތަލިބު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "މަންމަ އަޅުގަނޑު ދެކެ ވަރަށް ލޯބިވޭ، މަންމަ މަތިން ވަރަށް ބޮޑަށް ހަނދާންވާނެ" ކަމަށެވެ.