ދިރިއުޅުމުގެ އާދަތަކާއި ކެއިންބުއިމާ ގުޅިފައިވާ ބަލިތައް ދެނެގަނެ ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭނެއް ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސިކުނޑިއަށް ކާނާދީ، އިލްމާއި ބުއްދިވެރިކަން ގެނެސްދޭން މަސައްކަތްކުރާ ބީދައިން ދުޅަހެޔޮ އާބާދީއެއް ބިނާކުރަންވެސް ސަރުކާރުން އިސްކަންދޭންޖެހޭ ކަމަށެވެ.
"ދިރިއުޅުމުގެ އާދަތަކާ ކެއިންބުއިން ހުންނަ ގޮތުން ރާއްޖޭގައި އާންމުވަމުންދާ ބަލިތައް ދެނެގަނެ، ރައްޔިތުން ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭނެއް ހިންގަން ވަނީ ހަމަޖެހިފައި. އާސަންދަ މެދުވެރިކޮށް، އަހަރަކު ދެ ފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމުވެސް މިހާރު ވާނީ ހަމަޖައްސާފައި،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރަން ހުރި މަސައްކަތް ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، ޕްރިވެންޓިވް ހެލްތު ކެއާ ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ބޭނުންވާ ހާއްސަ ޕްރޮގްރާމުތައް ތަންފީޒުކުރުމަށް އަންނަ އަހަރަށް ހާއްސަ ބަޖެޓެއް ހަމަޖައްސަވާފައިވާ ކަމަށެވެ.
އޭގެތެރޭގައި އިތުރު 10 އަތޮޅެއްގައި ޕްރައިމަރީ ހެލްތުކެއާގެ ނިޒާމު ފުޅާކޮށް ހިދުމަތް ދޭން ފެށުމާއި އެ ނިޒާމުގެ ދަށުން ދަމަނަވެށި ފުޅާކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު