ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރެއްވުމަށް ނިންމަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް މުއިއްޒު އިއްވެވި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ސަރުކާރުގެ ރޭވުމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓިނިވި މިންގަނޑަކަށް ދަރަނި އަދި ފިސްކަލް ހާލަތު ގެނައުމަށް، ރާއްޖޭން އަމިއްލަ އިސްލާހީ ސިޔާސަތެއް އެކަށައަޅައި ހިންގުން ކަމަށެވެ. އަދި އެއީ ގައުމުގެ އިގުތިސާދީ އަދި މާލީ މުސްތަގުބަލަށް މި ވަގުތު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ހާލަތްތައް ފިޔަވައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން.،" ރައީސް ވިދާޅުވިއެވެ.
ސިޔާސީ އިސް މަގާމުތަކަށް އިތުރަށް މީހުން އައްޔަން ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އިރު، އެ މަނިކުފާނު ވަނީ ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރު ނުކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މި ވަގުތު 300 އެއްހާ މީހުން އެބަ ތިއްބެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު