އެންޓާކްޓިކާގެ ހާލަތު ދެނެގަތުމަށް ރޮބޮޓް ފްލައިޓެއް ފޮނުވަން ތައްޔާރުވެއްޖެއެވެ.

ސައިންސުވެރިންގެ ޓީމަކުން ވަނީ އެންޓާކްޓިކާގައި ކުރުމަށް ހަމަޖެހިފައިވާ ހާއްސަ ދިރާސާތަކެއް ކުރުމަށް އެ ބައްރުގައި ކޭމްޕު ވެސް ޖަހާފައެވެ. އެ ޓީމުން ވަނީ އެންޓާކްޓިކާގެ އެކި ސަރަހައްދުތަކުގައި ޓެސްޓު ރޮބޮޓް ފްލައިޓެއް އުދުއްސައި މުޅި އެންޓާކްޓިކާ މެޕް ކުރުމަށް ނިންމާފައެވެ.

އެންޓާކްޓިކާއަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުން ކޭމްޕު ޖަހައިގެން ސައިންސުވެރިން ދިރާސާތަކެއް ކުރަމުން އަންނަ ބައްރެކެވެ. ނަމަވެސް މޫސުމީ ދަތިތަކާ ހުރެ އެންޓާކްޓިކާގެ ބޮޑު ބައެއް ވަނީ ނުބެލިފައި ކަމަށް ސައިންސުވެރިން ބުނެއެވެ.

މިފަހަރު ސައިންސުވެރިން ކުރާ ދިރާސާގައި އެންޓާކްޓިކާގެ ފަރުބަދަތަކުގެ އަޑީގައި ހުރި އައިސް ޝީޓުތައް ބަލައި އައިސް ޝީޓުތައް ވިރެމުންދާ ނިސްބަތް ބަލައި އެކަމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނާނެ ބަދަލުތައް ހޯދޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ސައިންސުވެރިން ބޭނުންކުރާ ރޮބޮޓް ފްލައިޓަކީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އާލާތްތައް ހަރުކޮށްފައިވާ ވަރުގަދަ ފްލައިޓެއްކަމަށް އޮފިޝަލުން ބުނެއެވެ.