މެލޭޝިޔާގައި ކާރެއްގެ ތެރޭ ހަނދާންނެތިގެން ބޭއްވުނު ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.
މެލޭޝިޔާގެ ޝާހް އަލަމްގައި ހުންނަ ހޮސްޕިޓަލެއްގެ ޕާކިން ޒޯނުގައި މިދިޔަ އަންގާރަ ދުވަހު ޕާކުކޮށްފައި އޮތް ކާރެއްގައި މަރުވެފައިވަނީ 5 އަހަރުގެ ކުއްޖެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޝާހް އަލަމްގެ ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި، އެ ކުއްޖާ ސްކޫލު ނިމުމުން ކާރުގައި އެ ކުއްޖާ ބަލައި ދިޔައީ އެ ކުއްޖާގެ މަންމަ އެވެ. އެ ކުއްޖާގެ މަންމަ މަސައްކަތް ކުރަނީ ހޮސްޕިޓަލުގަވެ. އެ ހޮސްޕިޓަލުގެ ޕާކިން ޒޯނުގައި ކާރު ޕާކުކޮށް އެމީހާ ވަނީ ޑިއުޓީއަށް ގޮސްފައެވެ.
ފުލުހުން ވަނީ ކާރުގައި އެ ކުއްޖާ އޮތް ކަން ހަނދާން ނެތިގެން އެ ކުއްޖާގެ މަންމަ ޑިއުޓީއަށް ވަނީ ކަމަށް މިހާތަނަށް ބެލި ބެލުމުން ފާހަގަވެފައިވާ ކަމަށް ބުނެފައެވެ.
ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، ފަސް ގަޑިއިރަށްފަހު، އެ އަންހެން މީހާއަށް އެކަން ހަނދާން ވެ، އަވަހަށް ގޮސް ބެލިއިރު އެކުއްޖާގެ އެއްވެސް ހަރަކާތެއް ނެތެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެކުއްޖާ އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ އެ ކުއްޖާގެ ޕޯސްޓް މޯޓަމް ހަދައި ބަލަން ޖެހޭ ކަންކަން ކުރިޔަށް ގެންދިއުމަށް ނިންމާފައެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަން ވެސް ވަނީ ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ