ލަންކާގައި ސޯޝަލް މީޑިއާގައި ދޮގު ހަބަރު ފެތުރުން ހުއްޓުވުމުގެ ގާނޫނަށް އަމަލު ކުރަންފަށައިފިއެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ފާސްކޮށްފައިވާ އެ ގައުމުގެ އޮންލައިން ސޭފްޓީ ގާނޫނަށް އަމަލު ކުރަން ފަށާފައި ވަނި ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
ލަންކާގައި އަމަލު ކުރަން ފަށާފައިވާ އޮންލައިން ސޭފްޓީ ގާނޫނާއިއެކު އެ ގައުމުގައި ސޯޝަލް މީޑިއާގައި ފަތުރާ ދޮގު ހަބަރުތަކާއި ދީނަށް ފުރައްސާރަ ކުރުމާއި އިންޓަނެޓް ފުރޯޑުތައް ބަލައި އެ ޑިލީޓު ކުރުމުގެ އިތުރުން އެ ޕޯސްޓެއް ޖެހި މީހަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވެެއެވެ.
އޮންލައިން ސޭފްޓީ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ލަންކާގެ ރައީސްއަށް ލިބިވަޑައިގެންފައިވާ ބާރުގެދަށުން ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައި ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ފެށޭނެއެވެ. އަދި އެ ކޮމެޓީން ކަމާ ގުޅުން ހުރި ކަންކަން ގާތުން ބަލަމުން ދާނެއެވެ.
ލަންކާގައި އޮންލައިން ސޭފްޓީ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު އެއީ އެ ގައުމުގެ އާންމުންނަށް ބަސްބުނުމުގެ މިނިވަންކަމަށް ހުރަށް އެޅުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ސިފަކޮށް އާންމުން ވަނީ މުޒާހަރާވެސް ކޮށްފައެވެ.
އާންމުންގެ އިތުރުން ދުނިޔޭގެ އެކި ޖަމިއްޔާތަކުން ވެސް ވަނީ ލަންކާގެ އޮންލައިން ސޭފްޓީ ގާނޫނާ މެދު ސުވާލު އުފައްދައި އެ ގާނޫނުގައި ހުރި ކަންކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ