ރައްޔިތުން މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރުމަށް ބޭނުންވާ އޮބްޒާވަރުން ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފިއެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކުރިޔަށް އޮތް މަޖުލިސް އިންތިހާބް އޮބްޒާވްކުރަން ބޭނުވާ ފަރާތްތަކަށް ފޯމް ހުށަހެޅުމަށް މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ކޮމިޝަންގެ އީމެއިލް މެދުވެރިކޮށާއި ދަރުބާރުގޭގެ ހުންނަ އީސީގެ ރިސެޕްޝަނުންނެވެ.

ފޯމް ބަލައިގަތުމުގެ އިންތިޒާމް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް ދަރުބާރުގެއިން ހަމަޖެހިފައިވާކަމަށާއި ބަންދު ދުވަސްތަކުގައި ފޯމް ދޫކުރާނީ ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް ކަމަށް ވެސް އިލެކްޝަނުގެ އިއުލާނުގައި ބުނެފައިވެއެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ކަމަށް އިލެކްޝަނުން ބުނެއެވެ.

މަޖިލިސް އިންތިހާބު ބާއްވަން އީސީން ނިންމާފައި ވަނީ އަންނަ މަހުގެ 17 ގައެވެ.

  • - 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  • - ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރެވެމުންދާ މީހެއް ކަމުގައިނުވުން.
  • - ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާއަތަކުން ނުވަތަ އަމިއްލަ ގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއް ނަމަ، ސިޔާސީ ޕާޓީއެއްގެ -
  • ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައިނުވުން.
  • - އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީން ހަވާލުވެގެން ހުރި މީހެއް ކަމުގައިނުވުން.
  • - އިންތިޚާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އީސީން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގުރާރުވެފައިވާ
  • މީހަކު ކަމުގައިވުން.
  • - ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިހާބީ ކުށެއް
  • ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • އިންތިހާބެއްގައި ވޯޓު ނަގާ ދުވަހު، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއް ނުވަތަ ކެންޑިޑޭޓުން އައްޔަންކުރާ މަންދޫބެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް ހުށަހަޅާ މީހަކީ، އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުން އައްޔަންކުރާ މަންދޫބެއްގައި ހުރުން ލާޒިމްކުރާ ޝަރުތުތައް ފުރިހަމަވާ މީހެއްކަމުގައި ވިޔަސް، އެ މީހަކީ އޭނާގެ މައްޗަށް އިންތިހާބީ ކުށެއް ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހެއް ނަމަ، ނުވަތަ އިންތިހާބުގައި އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަން އީސީއަށް ސާބިތުވެފައިވާ މީހެއް ނަމަ، އެ މީހަކަށް އިންތިހާބުގައި އޮބްޒާވަރެއްގެ ގޮތުގައި، ނުވަތަ މޮނިޓަރެއްގެ ގޮތުގައި، ނުވަތަ ކެންޑިޑޭޓުންގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދޫނުކުރުމުގެ އިހުތިޔާރު، އީސީއަށް ލިބިގެންވާ ކަމުގައި އިއުލާނުގައި ވެއެވެ.
  • ފޯމު ހުށަހެޅުމަށް ފަހު، 3004459 އަށް ގުޅުއްވާ އީ-މެއިލް އީސީއަށް ލިބިފައިވާކަން ކަށަވަރުކުރަން ވާނެ ކަމަށާއި ފައިލް ސައިޒް 10MB އަށް ވުރެ ބޮޑުވެގެން އީސީއަށް ނުލިބޭ އީ-މެއިލްތައް ބެލެވޭނީ ހުށަނާޅާ ފޯމެއްގެ ގޮތުގައިކަމަށްެސް އިއުލާނުގައި ވެއެވެ.