އިންޑިއާ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ބަލަހައްޓަން ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމެރިކާގެ ޑިޕާޓްމެންޓް އޮފް ސްޓޭޓްގެ އެސިސްޓެންޓް ސެކްރެޓަރީ ފޯ ސައުތް އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޑޯނަލްޑް ލޫއާއެކު މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ މަޝްވަރާ ކުރައްވާފައިވަނީ ޑޯނަލްޑް ލޫ، ރައީސް މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ކަމަށެވެ. އެ ބައްދަލުކުރެއްވުމުގެ ތެރެއިން ރާއްޖެއާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތައް ފުޅާކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް ބުންޏެވެ.

އެގޮތުން ޓޫރިޒަމްއާއި ޓްރޭޑް އަދި އިގުތިސާދީ ތަރައްގީގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެއްވި ކަމަށާއި އެކަމާ ގުޅިގެން، ރާއްޖޭގެ ކުރިއެރުމަށް މަގުފަހިކޮށްދޭ ތަރައްގީގެ މަޝްރޫއުތަކަށް ރާއްޖޭން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ރައީސް ދެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، އެ ބައްދަލުވުމުގައި ގާޒާގެ ހާލަތާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ރޯދަ މަސް ފެށުމުގެ ކުރިން ހަމަލާ ބަދަލުކުރުން ހުއްޓުވުމުގެ އެއްބަސްވުމަކަށް ދިއުމަށް އުންމީދުކުރަައްވާކަން ރައީސް ވިދާޅުވި ކަމަށް ބުންޏެވެ.